-Advertisement-

-Advertisement-

ސަރަޙައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ބޭހުގެ އަގުތައް 70 ގުނަ ބޮޑު: ޝިހާމް

އާސަންދަ / ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

ސަރަޙައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތައް 70 ގުނަ ބޮޑުކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓާ ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ޝިހާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރާއްޖޭގައި އާސަންދައަށް ކުރާ ހޭދަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށާއި، ޖީޑީޕީގެ ނިސްބަތުން ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީވެފައިވާ ގައުމުތަކާ ދާދި އެއް މިންވަރެއްގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު 70 ގުނަ އަދަދުތަކެއް،–މިނިސްޓާ ޝިހާމް

ޝިހާމް އިތުރަށް ވިދާޅުވީ  މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ވެސް ސިއްހީ ހޭދަ ގާތްގަނޑަކަށް ދެގުނަ ބޮޑު މިންވަރެއް ކަމަށާއި، ދިވެހީންގެ ބޭސްފަރުވާއަށް އާސަންދައިން މިހާ ބޮޑު ހޭދައެއް ކުރެވޭއިރު ވެސް ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމުގައިވާ މީހާއާއި އާއިލާ މީސްމީޑިއާގައި ބޭސްފަރުވާ ހޯދުމަށް ސަލާންޖަހާކަން މިހާރު ވެސް ފާހަގަކުރެވޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-