-Advertisement-

-Advertisement-

‎ފެން ބިލްތަކުގެ ޖޫރިމަނާ 17 މިލިއަންގައި

ފޮޓޯ: އެމްޑާބްލިއުއެސްސީ

ގޭގޭގެ ފެން ބިިލުތަކުގެ ޖޫރިމަނާ 17 މިލިއަން ރުފިޔާ އަރާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށް ދެއްވަން ނިންމެވިއިރު، މިދިޔަ އަހަރުގެ ނިޔަލަށް 3،000 އެއްހާ ކަސްޓަމަރުންނަށް ފެން ބިލުގެ ޖޫރިމަނާ ނުދައްކާ ކަމަށާއި، އަދި އެއީ 45 މިލިއަނެއްހާ ރުފިޔާގެ ފެންކަމަށެވެ.

އެހެން ކަމުން، ޖޫރިމަނާގެ 17 މިލިއަން ރުފިޔާ މައާފު ވާނީ އެމްޑަބްލިއުއެސްސީ އަށް ލިބެން ޖެހޭ 45 މިލިއަން ރުފިޔާ ލިބުމުން ކަމަށާއި އެކަމުގެ ސަބަބުންކަސްޓަމަރުގެ އިތުރުން ކުންފުންޏަށް ވެސް ފައިދާވާނެ ކަމަށް މަތީން ވިދާޅުވި އެވެ.

ޑޮމެސްޓިކް ރޭޓުގައި ހުރި ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ރައީސް ނިންމެވުމާ ގުޅިގެންބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔާފައިވާއިރު، އެމީހުން މިކަން ސިފަ ކޮށްފައިވަނީ މިއީ ބިލު ދައްކާ މީހުންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

މަތީން ވިދާޅުވީ ނުދެއްކި ހުރި ފެން ބިލްތަކަށްވާ ފައިސާ އެކި ބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި ޖޫރިމަނާ މައާފު ކުރެވޭނީބިލްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-