މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައިދިޔަ ދިވެހީން ފުރަތަމަ ފަހަރަށް ހައި ސްޕީޑު ޓްރެއިންގައިމައްކާއިން މަދީނާއަށް ދަތުރުކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު އެކްސްގައި ވިދާޅުވީ މީގެ ކުރިން އުމްރާވެރިން މައްކާއާއި މަދީނާއާ ދެމެދުދަތުރުކުރަމުން އައީ ބަހުގައި ހަތް ހަޑިއިރުން ކަމަށެވެ.
އެ ތަކުލީފު ބޮޑު ދަތުރު، ނިމުމަކަށް ގެނެސް، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުންފުރަތަމަ ފަހަރަށް ހައިސްޕީޑް ޓްރެއިންގައި އެ ދަތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަކީލް ވިދާޅުވީ މައްކާއިން މަދީނާއަށް މީގެ ކުރިން ހަތް ގަޑިއިރުން ކުރާ
ދަތުރު، ހައި ސްޕީޑު ޓްރެއިންގައި ދެ ގަޑިއިރުން ކުރެވޭ ކަމަށް ކަމަށެވެ.
މި ގޮތަށް ހަމަޖެހިގެން ދިޔައީ އުމްރާގެ އަޅުކަން އަދައިކުރުމުގައި ދިވެހީންނަށް ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދުގެ ދަށުން ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.