ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަނުކުރައްވައިފި އެވެ.
ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އުފައްދައި، ކުދި ވިޔަފާރިތައް ތަރައްގީ ކުރުމުގެމަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ޒީނާދު އިސް ދައުރެއް އަދާކުރައްވައިފައިވާއިރު، އޭނާ ވަނީ އެ މަގާމުގައި ފަސް އަހަރު ހިދުމަތް ކުރައްވާފައިވެ އެވެ.
އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި ޒީނާދު މީގެ ކުރިން ވަނީ، ބޭންކް އޮފްމޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގައި ގިނަ އަހަރުތަކެއް ވަންދެން އެކި އިސް މަގާމުތައްފުރުއްވާފައިއެވެ.