-Advertisement-

-Advertisement-

‎ގެދޮރު އަޅަން 5 ޕަސެންޓަށްވުރެ ބޮޑު ނޫން އިންޓަރެސްޓުގައި ލޯނު ދޫކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި

ހިޔާވަހި ލޯން ސްކީމްގެ އެމްއޯޔޫގައި ސޮއި ކުރުމުގެ ތެރެއިން ފޮޓޯ: ހައުސިންގ މިނިސްޓްރީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ގެދޮރު ބިނާކުރުމަށް ފަސް އިންސައްތައަށްވުރެ ބޮޑު ނޫން އިންޓަރެސްޓުގައި ލޯނު ދޫކުރުމަށް ހައުސިން ޑިވެލޮޕްމެންޓުފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއި މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުގެ މެދުގައި މެމަރަންޑަމް އޮފްއަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.

މިރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި، ބޭއްވުން ރަސްމިއްޔާތުގައި އެޗްޑީއެފްސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޒީނާދެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައިސޮއިކުރެއްވީ މިނިސްޓަރު ޑރ.އަލީ ހައިދަރެވެ.

މި ލޯނު ސްކީމުގެ ދަށުން އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާ އެއްގޮތައް އަދި ހަމަ  އެހެންމެ ކޮންވެންޝަނަލް އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާހިސާބެއްގެ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ފީއަކީ 5 އިންސައްތައެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ޚާއްޞަކޮށް މިސްކީމުގެ ދަށުން އެންމެ ބޮޑު އަދަދަކަށް ދޫކުރަން ހަމަޖެހިފައިވަނީ 1 މިލިއަން ރުފިޔާއާ ހަމައަށެވެ.

ގްރޭޓާ މާލޭ އޭރިއާއާައި ސަރުކާރުން އާބަން ސެންޓަރުތައްކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ތައާރަފުކުރާ ސްކީމުގެ ދަށުން 3 މިލިއަން ރުފިޔާއާހަމައަށް ފައިސާ ނެގޭނެއެވެ.

ގެދޮރު އިމާރާތް ކުރުމަށް ޚާއްޞަކޮށް 5 އިންސައްތައަށްވުރެ ބޮޑުނޫން އިންޓަރެސްޓު ރޭޓުގައި ލުއި ލޯނުތައް ދޫކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެރިޔާސީ ވައުދުފުޅެކެވެ.

ގެދޮރު އިމާރާތް ކުރުމުގެ އިތުރަށް މިހާރު އިމާރާތް ކޮށްފައި  ހުރި ގެދޮރު މަރާމާތުކުރުމަށާއި، މިހާރު ބިނާކުރަން ފަށައި ނުނިމި ހުރި ގެދޮރު ބިނާކުރުމުގެމަސައްކަތް ނިންމުމަށްވެސް 5 އިންސައްތައަށްވުރެ އިންޓަރެސްޓު ރޭޓު ބޮޑުނުވާ ލޯނުތައް ތައާރަފުކުރަން ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-