ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްރަށުން ޕާސްޕޯޓްގެ ހިދުމަތާއި އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިޓީތަކާއި, އަތޮޅު ކައުންސިލްތަކުން ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފު ޕާސްޕޯޓްގެ ހިދުމަތާއި އައިޑީ ކާޑު ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް ކަމަށެވެ.
ޕާސްޕޯޓް ހިދުމަތުގެ އިތުރު ތަފްސީލްދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، އަތޮޅު ތެރޭގައި ޕާސްޕޯޓްގެ ހިދުމަތް ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެކަން ފެށުމަށް ވާންޖެހޭ އިދާރީ ކަންތައްތަށް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ޝަމްއާން ވަދާޅުވީ އަމާޒަކީ އިމިގްރޭޝަންގެ އެހެން ހިދުމަތްތައްވެސް އެ ތަންތަނުން ލިބޭނެ ގޮތް ހެދުން ކަމަށެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަލީ ވަދާޅުވީ އައިޑީ ކާޑު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި އަމާޒަކީ އައިޑީ ކާޑު ޕްރިންޓިންގެ ހިދުމަތްވެސް ރައްރަށުގައި ފެށުން ކަމަށެވެ.