-Advertisement-

-Advertisement-

ގަވާއިދާ ހިލާފަށް އުޅޭ 900 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި – ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ގަވާއިދާ ހިލާފަށް އުޅޭ 900 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިއްޖެ ކަމަށް  ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝައްމާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ލޯކަލް ގަވަނަންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ނޭޝަނަލް ރެޖިސްޓްރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފައި ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން މި ސަރުކާރުން މިހާތަނަށް 900 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ކަންކަމުގައި ވެސް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން އޭޓީއެމްތަކުގެ އިތުރުން ވައިބާ ގްރޫޕްތަކުގައި ވެސް އެ މަސައްކަތް ބިދޭސީން ކުރާކަމަށް ޝައްމާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ހަތް ބިދޭސީން މި މަހުގެ 15 ވަނަ ދުވަހު ވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހައްޔަރުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-