-Advertisement-

-Advertisement-

ރެސިޕީ: ޗޮކްލެޓް ބިސްކަޓް ޕުޑިން

ރަމަޝާންމަހު ރޯދަވީއްލާގަޑީގައި ފޮނިއެއްޗެއް ހުރުމަކީ ގިނަ ގޭގޭގައި މުހިންމުކަމެކެވެ. އެއާ ނުލައި ރޯދަވީއްލުން ގިނަފަހަރަށް ފުރިހަމައެއްނުވެއެވެ. މިގެނެސްދެނީ ގޭގައި އާންމުކޮށް ހުންނަ އެއްޗެހި ބޭނުން ކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި
މާރީ ބިސްކޯދު
1 ޖޯޑު ގެރިކިރު
2 ޖޯޑު ޕެކެޓް ކިރު (ފުލް ކްރީމް)
1 ޖޯޑު ހަކުރު
1 ބިސް
2 ސައި ސަމްސާ ބަޓާރ
1 ސައިސަމްސާ ކޯރން ފްލާރ
4 ސައިސަމްސާ ކޮކޯ ޕައުޑާ
2 ޖޯޑު ފެން
1 ޑާރކް ޗޮކްލެޓް

ތައްޔާރުކުރާނެގޮތް
މާރީ ބިސްކޯދުތައް ފުނޑު ކޮށްފައި ތައްޓަކަށް އަޅާށެވެ.
ތެއްޔަކަށް ހަކުރާ، ފެނާއި ކޮކޯޕައުޑާ އަޅާފައި މަޑުގިނީގައި އޮލަވަންދެން އުނދުންމަތީ ކައްކާށެވެ. އެއަށްފަހު ބިސްކޯދު ހުރިތަށްޓަށް އާޅާއި ބިސްކޯދާ ރަނގަޅަށް އެއްކޮށްލާފައި ޓްރޭއަށް އެޅުމަށްފަހު ފިތާ އެއްވަރުކޮށްލާށެވެ. 15 މިނެޓްވަންދެން ފްރިޖުގައި ބަހައްޓާށެވެ.
ޕެކެޓުކިރު، ގެރިކިރު ،ބިސް ، ކޯރން ފްލާރ އަދި 1 ސަމްސާ ކޮކޯ މިކްސަރުގައި ގިރާލާށެވެ. މިފަހަރު ފެން އަދި ހަކުރު ބޭނުމެއް ނުވާނެއެވެ. އެއަށްފަހު ތެއްޔަކަށް އަޅައި މަޑުގިނީގައި ކައްކާށެވެ. ކެކެމުންދާ ވަރަކަށް މިކްސްޗާ ގުޅަ ނުހެދޭހެން ހަލަންވާނެއެވެ. ރަނގަޅަށް ކެކެން ފެށުމުން އޮލަވާން ފަށާނެއެވެ. އޮލަވުމުން ބަޓާރ ކޮޅު އަޅައި އެއްކޮށްލާށެވެ. އުނދުން ނިއްވާލުމަށްފަހު 5 މިނެޓް ވަންދެން ބަހަށްޓާށެވެ. އެއްށްފަހު ފްރިޖް ކުރި ބިސްކޯދު ހުރި ޓްރޭއަށް އަޅައި މައްޗަށް ޗޮކްލެޓް ގާނާފައި އިތުރު 1 ގަޑިއިރު ފްރިޖް ކުރާށެވެ.
މިއީ އަވަނުގައި ގިނައިރު ފިހަން ނުޖެހޭ، ތައްޔާރުކޮށްލަން ފަސޭހަ ރެސިޕީއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-