-Advertisement-

-Advertisement-

އިސްރާއީލުން ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދީފައިނުވާނެ: އެމެރިކާ

އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ކައިރީ ބަޔަކު ރޮނީ / ފޮޓޯ: ވޯލްޑް ރިސާޗް ސެންޓަރު

ހަނގުރާމަކުރުމަށް އިސްރާއީލުން ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދީފައިނުވާނެ ކަމަށާއި، އެކަމުގެ އެއް ސަބަބަކީ މި ހާލަތުގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުންނުވުން ކަމުގައި އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ސީކިޔު ބްރައުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާ އަތުން ބޭނުންވާ ހަތިޔާރުތަކުގެ ލިސްޓެއް ހުށަހެޅުއްވުމަށް އިސްރާއީލުގެ ދިފާއީ މިނިސްޓަރު ޔޯވް ގަލަންޓް މި ހަފުތާގެ ކުރީކޮޅު އެމެރިކާއަށް ދަތުރުފުޅެއް ކުރައްވާފައިވަނިކޮށެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ކުރަމުންދާތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ އެތަކެއް ބަޔަކު ކާނޭ އެއްޗެއް ނުލިބި ބަނޑަށް މަރުވަމުން ދާއިރު، ޣައްޒާއަށް އެހީ ހިފައިން ގޮސް ތިބި ޓްރަކްތަކަށްވެސް ވަނީ އިޒްރޭލް ހުއްދަ ނުދިނުމުން އެހީ ފޯރުކޮށްދެވޭނެ ގޮތް ނުވެފައެވެ.

އިޒްރޭލު ސިފައިންގެ ހުއްދަ އާއެކު ވަދެގެންދާ ޓްރަކްތަކަށްވެސް އިޒްރޭލުން ދަނީ ހަމަލާދެމުންނެވެ. މިކަމާ ގުޅިގެން އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އެހީގެ ޓްރަކުތައް އެ އޮތީ ބޯޑަރު ސަރަހައްދުގައި ގާޒާއަށް ވަނުމަށް ކެތް މަދުވެފައި ކަމަށާއި ގާޒާއަށް މިވަގުތުން ވަގުތަށް އެހީގެ ތަކެތި ‘އޮއްސާ ނުލައިފި ނަމަ’ 1.1 މިލިއަން މީހުން ބަނޑަށް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަދި ގާޒާގެ އުތުރުގައި ތާށިވެފައި ތިބި ރައްޔިތުންނަށް މިވަގުތުން ފެށިގެން މެއި މަހާ ހަމައަށް ދާއިރު ގޮތް ހުސްވާނެ ކަމަށާއި ބަނޑަށް ޖެހި ހާންތިވާން މެދުވެރި ކުރި މިހާލަތުން އަރައި ނުގަނެވޭނެ ކަމަށެވެ.

ޔުނިސެފުން ދާދިފަހުން ގާޒާއަށް ކުރި ޒިޔާރަތަށް ފަހު ބުނެފައި ވަނީ ގާޒާގެ ތުއްތު ކުދިންގެ ގައިން ހަކަތަ ހުސްވެ ރޯލަން ބޭނުން ވިޔަސް ރޯލާނެހާ ހިތްވަރުވެސް ނެތް ކަމަށާއި އެ ހާލަތަކީ ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ހިނގަމުން ދާ ނުހުއްޓުވި އޮތް ހާލަތެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-