-Advertisement-

-Advertisement-

އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތް ރާއްޖޭގައި ބާއްވަނީ

ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް، އަންނަ މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބާއްވަނީ / ފޮޓޯ: ޔޫތު މިނިސްޓްރީ

އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތް އަންނަ މަހު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން މި މުބާރާތް ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، އޭޝިއާގެ މައި ކެރަމް މުބާރާތް މިފަހަރު މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މީގެ ކުރިން މި ސަރަހައްދުގައި ކެރަމްގެ އޭޝިއާ މުބާރާތް ބޭއްވީ، 2013 ވަނަ އަހަރު އިންޑިއާގެ ކަލްކަތާގައެވެ. މިފަހަރު މުބާރާތް ބާއްވަން އެންމެ ބޮޑަށް ބާރުއެޅީވެސް ރާއްޖެއިންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މުބާރާތުގެ ކަންކަން ރޭވުމުގައި ކެރަމް އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި، އަބަދުވެސް ރާއްޖޭގައި މުބާރާތެއް ބާއްވާ ނަމަ، އުންމީދުކުރަނީ ރަން މެޑަލް ގެންނާނެ ކަމަށް ކަމަށެވެ.

މި މުބާރާތް 5 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާއިރު، މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ. މުބާރާތް ފަށަނީ އަންނަ މަހުގެ 27ގައެވެ. މި މުބާރާތުގައި ބާރަ ވަރަކަށް ގައުމުން 120 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާ އިރު، ދުނިޔޭގެ އެންމެ ފުންނާބު އުސް ކުޅުންތެރިން ވެސް ފެނިގެންދާނެއެވެ.

މިވަގުތު ރާއްޖޭގެ ކެރަމް ފިރިހެން ޓީމަކީ ދުނިޔޭގެ ތިންވަނަ ޓީމެވެ. އަދި މިދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގެ އަންހެން ޓީމުންވެސް ވަނީ ދުނިޔޭގެ ތިންވަނަ ހޯދައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-