-Advertisement-

-Advertisement-

ގްރޫޕަކުން ޓިކެޓަށް ފައިސާ ދައްކަން ދިން ޗެކުތަކެއް ބައުންސްވެ، 50 އުމްރާވެރިން ތާށިވުމުގެ ފުރުސަތު

އުމްރާގެ އަޅުކަމަށް ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް ވަނީ އެދިފައި --

ހައްޖާއި އުމްރާއަށް ގެންގޮސްދިނުމުގެ ހިދުމަތް ދޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ފޮނުވި ޗެކުތަކެއް ބައުންސްވި މައްސަލައެއް ފެންމަތިވެ، އުމްރާވެރިންގެ ތެރޭން 50 މީހުންނަށް ރާއްޖެ އެނބުރި ނާދެވި ތާށިވެދާނެ ކަމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ޓްރެވެލް އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވަނީ އެންމެ ފަހު ވަގުތު ފައިސާ ދެއްކުމަށް އެ ގްރޫޕުން ދިން ޗެކުތައް ބައުންސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

“ކުރިން ލަފާނުކުރެވޭ ދަތިތަކުގެ ސަބަބުން މާލެއަށް އެނބުރި އަންނަ ފްލައިޓަށް މިހާރު އިޝޫކޮށްފައިވާ ޓިކެޓުތައް ސަސްޕެންޑު ކުރުމުގެ އުނދަގޫ ނިންމުމެއް ނިންމަން އަޅުގަނޑުމެންނަށް މަޖުބޫރުވެއްޖެ”، – ފިރާގު

ފިރާގު އިތުރަށް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ އެކު މިކަން ހައްލުކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަމުގައި އަދި އިތުރު ގޮތެއް ނުހޯދޭ ކަމަށެވެ.

“ރިސްކު ނަގަންވާނީ އަމިއްލަ މުދަލުން ކުރާ ވިޔަފާރީގައި. އެތައް ބައެއްގެ ފައިސާ ނަގައިގެން ކުރިޔާލާ ރާވައިގެން ކުރަން ޖެހޭ އަޅުކަން ފަދަ މަތިވެރި ކަންކަމުގައި އެއްވެސް ވަރަކަށް ރިސްކު ނަންގަވާކަށް ނުވާނެ” – ފިރާގު

ފިރާގު ވިދާޅުވީ އަލް މަޝްއަރު ގްރޫޕުގެ އަލީ ފާރިޝްގެ ފަރާތުން ކޮންމެ ދުވަހަކު އީމެއިލްތައް ލިބެމުންދިޔަ ނަމަވެސް، ފައިސާ ލިބުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. މީގެއިތުރުން ފިރާގު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ބައެއް އުމްރާ ގްރޫޕްތަކުން މިފަދަ ހިތާމަވެރި ކަންކަން ކުރާ ކަމަށާއި އޭގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކަށް ގެއްލުން ލިބި، ސަރުކާރުން އެކަންކަމުގެ ތެރެއަށް ވަދެ، ފައިސާ ހަރަދުކުރަން މަޖުބޫރުވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-