-Advertisement-

-Advertisement-

އުސޫލެއްގެ ގޮތުން ބަލާއިރު އެންޓި ޑިފެކްޝަން ބިލަށް ތާއިދު ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުއިއްޒު

އުސޫލެއްގެ ގޮތުން ބަލާއިރު އެންޓި ޑިފެކްޝަން ބިލަށް ތާއިދު ކުރައްވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ “ސަންގު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މަޖިލިސް މެންބަރުން ހޮވޭ ޕާޓީގައި ދެމިތިބުން ނަމަވެސް އެމްޑީޕީއިން ޕީއެންސީއަށް ބަދަލުވި މެންބަރުން ބަދަލުވީ ޖާއިޒު ސަބަބުތަކެއް ހުރެގެން ކަމަށެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ލިބެނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ވަކި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށާއި އެ ތާއީދު ލިބުނު އަސާސްތައް ދޫކޮށްލައި އެހެން ޕާޓީއަށް ދިޔުމަކީ އެކަން އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.

އެންމެ އައިޑިއަލް ގޮތަކީ އެ އިންތިހާބުވި ޕާޓީގަ ހުރެގެން ކުރިއަށް ދިޔުން، އެއީ ރައްޔިތުންނާ ވެސް ހެދިފަ އެ އޮންނަ ސޯޝަލް ކޮންޓްރެކްޓަކީ ހަގީގަތުގަ. އެހެންވީމަ އުސޫލެއްގެ ގޮތުން އަޅުގަނޑު ތާއީދުކުރަން [އެންޓި ޑިފެކްޝަން] ބިލަށް،–ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ އުސޫލެއްގެ ގޮތުން ބަލާއިރު، ޕާޓީގެ ސިޔާސަތުތަކެއް ވިއްކައިގެން އިންތިހާބީ މަގާމަށް އައުމަށް ފަހު އެ ޕާޓީއެއްގައި ދެމި ހުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތް ކަމަށެވެ. މި ގޮތުން ސިޔާސީ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށް، ލިބޭ ޓިކެޓުގައި މަގާމަށް އިންތިހާބު ވެގެން އަންނަނީ ޕާޓީގެ ޕޮލިސީތައް ވިއްކައިގެން ކަމަށެވެ. އަދި އޭރު ގަބޫލު ކުރި އަސާސްތައް ދޫކޮށްލުމަށް ފަހު އެހެން ފިކުރަކާ ގުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-