-Advertisement-

-Advertisement-

ފެބްރުއަރީ މަހު ރަސްމީ ރިޒާވް އިތުރުވެއްޖެ

އެމްއެމްއޭ ބިލްޑިންގް -- ފޮޓޯ: އަވަސް

މި އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު، ފެބްރުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ. މި އަދަދު ފެބްރުއަރީ މަސް ނިމުނުއިރު 588.8 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ވަނީ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެފައެވެ.

ޔޫޒަބަލް ރިޒާވްގައި ފެބްރުއަރީ މަސް ނިމުނުއިރު 128.8 މިލިއަން ޑޮލަރު ހުރިއިރު، ޖެނުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 109.7 މިލިއަން ޑޮލަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-