-Advertisement-

-Advertisement-

ރައީސް ވިދާޅުވީ ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައިގައި ފެށޭނެ ކަމަށް

އެފްޑީސީން އަޅާ ފްލެޓުތައް ފްލެޓު ތައް /ފޮޓޯ: މިހާރު

މި ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ މަސައްކަތްތައް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދުމުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަޞައްވުރަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެހައި ރައްޔިތުންނަށް ބޯހިޔާވަހިކަންކަށަވަރުކޮށް ދެއްވުން ކަމަށެވެ. އެގޮތުން މި ފަސް އަހަރުގެ ތެރޭގައި 65،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމު ކުރެއްވުމަކީ ރައީސްގެ ވަޢުދެކެވެ.

ރައީސް ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބެން ޖެހޭ ކަމަށާއި، ބޯހިޔާވަހިކަމުގެ ޢަމާޒު ކަނޑައަޅުއްވާފައި ވަނީ ހުރިހާ ރައްޔިތުންނަށް ވެސްބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ ހައުސިން މަޝްރޫޢުތައް އެންމެ ލަސްވެގެން މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ފަށްޓަވާނެ ކަމަށެވެ. އަދި އެ މަޝްރޫޢުތަކުގެ ތެރޭގައި ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރާ ހައުސިން މަޝްރޫޢުތަކާއި، އެގްޒިމް ބޭންކް ފައިސާ އާއި އެނޫންވެސް އެކި ލުއި ލޯންތަކުންނާއި، ޑިވެލޮޕަ ފައިނޭންސް އުސޫލުން ވެސް ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-