ހުޅުމާލޭގައި ނަސާރާ ދީނުގެ ކާޑުތަކެއް ބެހި މައްސަލައިގައި ހައްޔަރުކުރި ދެ ޖަރުމަނު އަންހެނުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ދެ މީހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މެއިލް ބޮކްސްތަކަަށް ބައިބަލްގެ ދިވެހި ތަރުޖަމާ ބެލޭނެ ލިންކު ކާޑުތަކެއްއަޅުމުގެ ސަބަބުން ފުލުހުން ވަނީ މިދެ މީހުން ހައްޔަރު ކޮށްފައިއެވެ، .
މީގެ ކުރިން ވެސް ޢައިރު ދީންތަކުގެ މީހުން އެފަދަ ދީންތައް ރާއްޖޭގައ ފަތުރަން ތަފާތު ގޮތްގޮތަށް މަސައްކަތްކޮށްފައިވެ އެވެ.