-Advertisement-

-Advertisement-

ސަފާރީތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާގޮތަށް ގަވައިދު އިސްލާހުކޮށް އަމަލުކުރަން ފަށައިފި

އާ އިސްލާހުގެ ދަށުން ސަފާރީ ތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަނީ

ސަފާރީތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާގޮތަށް ގަވައިދު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމަސް ސާވިސް އިން ބުނީ މިދިޔަ މަހުގެ 29 ގައި ގެނައި އެ އިސްލާހަށް އަމަލު ކުރަން ފެށީ މި މަހުގެ 15 ގަ ކަމަށާއި، އެ އިދާރާގެ ކޮންޓްރޯލްގެ ދަށުން އެއް ތަނުން އަނެއް ތަނަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު އުޅަނދު މޮނިޓާކޮށް ބެލެހެއްޓުމުގެ އުސޫލެއް 2018 ވަނަ އަހަރު އެކުލަވާލައި އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ކަސްޓަމްސް އިން ބުނީ އޭރު އަމަލު ކުރަމުން ދިޔައީ ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދޭ އުޅަނދު ފަހަރުތަކާއި ކަސްޓަމްސް އިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަން ޖެހޭ ތަންތަނަށް ގެންދިއުމަށްޓަކައި އެ ތަކެތި އުފުލާ އުޅަނދުފަހަރުތައް އެކަނި ކަމަށެވެ.

ޑިވައިސް ހަރުކުރަން މަޖުބޫރުވާ އުޅަނދުތަކުގެ ހަރަކާތްތައް އެ އިދާރާ އިން މޮނިޓަ ކުރަމުން ގެންދާނެކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ އާ އިސްލާހުގެ ދަށުން ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭ އިތުރު އުޅަނދު ތަކަކީ ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކާއި، ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމަށް ހުއްދަ ދޭ އުޅަނދުތަކުގެ އިތުރުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދު ފަހަރު ކަމަށެވެ.

ކަސްޓަމަސް އިން ބުނީ އުސޫލާ ހިލާފުވާ ފަރާތްތަކަށް ކަސްޓަމްސް އިން ދޭ ހިދުމަތްތައް މެދުކަނޑާލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-