-Advertisement-

-Advertisement-

ސިނަމާލޭ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށަައިފި

ސިނަމާލެ ބްރިޖުގެ މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ބެއްވި ރަސްމިއްޔާތު.-- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް(ސީސީސީސީ) އިން މިއަދު ފަށައިފިއެވެ.

މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބްރިޖު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި، ޗައިނާގެ މުވައްޒަފުން އެ މަސައްކަތް ކުރާއިރު، ދިވެހި ޓެކްނީޝަނުންނަށް ބޭނުންވާ ތަމްރީނު ވެސް ދޭކަމަށެވެ.

އެގޮތުން ރޯޑް އިންޖިނިއަރިން، ސޭފްޓީ ފެސިލިޓީ، ލޭޑްސްކޭޕިން އަދި ބްރިޖް މެއިންޓެނަންސް ދާއިރާއިން ދިވެހިން ތަމްރީނު ކުރާނެކަމަށްއެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ހުޅުވި މި ބުރިޖު އެޅި ކުންފުންޏާ މަރާމާތުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ 3.6 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ސިނަމާލޭ ބުރިޖު މަރާމަތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި މަޝްރޫޢު އަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-