ދަރުމަވަންތަ މިސްކިތު ފެން މޯޓަރު މިރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.
މާލޭ ސިޓީ ކައުންސިލް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ދަރުމަވަންތަ މިސްކިތު ފެން މޯޓަރު ވަގަށް ނަގާފައިވާ ކަމަށާއި އެކަން މިހާރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ ފުލުހުން ކުށްހިނގިތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަޙުޤީގަށްބޭނުންވާ މައުލޫމާތު އެއް ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ ދެތިން ދުވަސް ކުރިން ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައިހުރި ދެ ފަންކާ ވެސް ވަގަށް ނަގާފައިވާއިރު މީގެ ދުވަސް ކޮޅެއް ކުރިން މިރޯދަމަހުގައި ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ބަޔަކު ވަނީ ގެއްލުން ދީފައެވެ.