-Advertisement-

-Advertisement-

‎ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލު އާންމު މަހަކާ އެއްވަރަށް ކެޕްކުރަން އަންގައިފި

ފޮޓޯ: އެމްޑާބްލިއުއެސްސީ

މި ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލް އާންމު މަހަކާއި އެއްވަރަށް ކެޕްކުރުމަށް އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންއަންގައިފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ބުނެފައިވަނީ ރޯދަ މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެކަމަށްރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި ހުންނަ ވަރަށް ރޯދަ މަހުގެ ކަރަންޓާއި ފެން ބިލް ހުންނާނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ މާޗް މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލްކުރާއިރު ކޮންމެ ޑޮމެސްޓިކްކަރަންޓް އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާއިރު މި އަހަރުގެ މާޗް މަހުގެ ބިލަށް އަރާ އަދަދާއި ރޯދަ މަހުގެ ޑިސްކައުންޓްގެ ގޮތުގައިދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖް އަދަދު ބިލުން ފެންނަ ގޮތަށް ހިމެނުމަށް ހުރިހާ އާންމު ހިދުމަތްތައް ފޯރުކޮށްދޭކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-