-Advertisement-

-Advertisement-

ބޭންކް އޮފް މޯލްޑިވްސް އިން ފޮރިން މަނީ ޓްރާންސްފަރ ‎ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި ‎މުއާމަލާތް ކުރޭވޭ ގޮތަށް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް

މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުންއަންބްލޮކްކޮށް މުއާމަލާތްކުރެވޭގޮތް މިއަދު ހަމަޖައްސައިފިއެވެ

މިކަން ހާމަ ކުރައްވާ ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ވަނީ މި ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ

ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށާއި، މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށެވެ.

މިއަދު ގެނެވުނު މި ބަދަލާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދިވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު، އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށްބަލައި ގެނެވުނު ބަދަލެއް ކަމަށާއި ހަމައެހެންމެ، މިއީ ބޭންކިންގ އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-