-Advertisement-

-Advertisement-

މަޖިލީހުގެ އަގުލަބިއްޔަތު ހޯދާ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރާނަން: ސޯލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މަޖިލީހުގެ އަގުލަބިއްޔަތު ހޯދާ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި  އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސޯލިހު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން  ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ސާފު އަގުލަބިއްޔަތު ހޯދާނެ ކަމަށެވެ.

މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ހުއްޓުމެއް ނެތި ޖެހިލުމެއް ނެތި އަޅުގަނޑުމެންގެ މެންބަރުން ކުރާނެ،– ސޯލިހު

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ރައީސް ސޯލިހް ވަނީ ސަރުކާރުން ކަންކަން ފޮރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-