-Advertisement-

-Advertisement-

ގުޅީފަޅު ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހަނީ

ގުޅީފަޅު

ގުޅީފަޅު ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހަން ފަށައިފިއެވެ.

ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ ދެ ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއަށް ގެނައި ބައެއް ބަދަލުތަކާ އެކު މިހާރު ހިއްކުމަށް ހަމަޖެހިފައިވަނީ 235 ހެކްޓަރުގެ ބިމެވެ. އެއީ ނިމިދިޔަ ސަރުކާރުން ހިއްކަން ބޭނުންވި 150 ހެކްޓަރުގެ ބިމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިތުރު ކުރެއްވި 85 ހެކްޓަރުގެ ބިމެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ގުޅިފަޅު ހިއްކުމާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބުނެފައިވާއިރު، މިމަޝްރޫއުގެ ދަށުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް އަޅާފައި ވަނީ 16.9 މިލިއަން ކިއުބިކް މީޓަރުގެ ވެއްޔެވެ.

މިދިޔަ ޖުލައި ދެވަނަ ދުވަހު މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކޮށްގެން ގޯތި ދޫކުރުމަށްޓަކައި ގުޅިފަޅު ހިއްކުމުގެ މިމަޝްރޫއު ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. ނިމިދިޔަ ސަރުކާރުގައި ގުޅިފަޅުން މާލޭގެ ރައްޔިތުންނަށް 2،218 ގޯތި ދިނުމަށް ނިންމާފައިވެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ނިންމާފައި އޮތީ ގުޅިފަޅުން ކޮންމެވެސް ވަރަކަށް ގޯތި ދޫކުރުމަށްފަހު މާލޭގެ ވިޔަފާރި ބަނދަރުވެސް ގުޅިފަޅަށް ބަދަލުކުރަން ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާރު ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަން ނިންމަވާފައެވެ. އެގޮތުން ގުޅިފަޅަކީ ހަމައެކަނި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މިބަދަލާ އެކު 3،000 އަށް ވުރެ ގިނަ ގެދޮރު ގުޅީފަޅުން ހަމަޖައްސައިދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-