އދ ގެ ސުލްހަ ބަލަހައްޓާ ފައުޖަށް އިޒުރޭލުން ހަމަލާދީފިއެވެ.
އިޒްރޭލުން ހަމަލާ ދީފައިވަނީ ލުބުނާނުގައި ސުލްހަ ބަލަހައްޓާ ފައުޖަކަށެވެ. މިކަމާ ގުޅިގެން ލުބްނާންގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މީގާތީ ވިދާޅުވި ގޮތުގައި އދގެ ސަލާމަތީ މަޖިލީހަށް ޝަކުވާ ހުށަހަޅުއްވައި މިވަރުގެ ކަމެއް ދޫކޮށް ނުލައްވާނެ ކަމަށެވެ.
ލުބްނާންގެ ހާރިޖީ ވުޒާރާއިން ބުނީ މި އަމަލަކީ ދުނިޔޭގެ ގާނޫނުތަކަށް ވުރެ މަތީގައި އެ މީހުން ތިބިކަން ދައްކުވައިދޭ އަމަލެއް ކަމަށާއި، ޒަހަމްވި މީހުންގެ ތެރޭގައި ވަރަށް ހާލު ދެރަ މީހުން ތިބި ކަމަށެވެ. އަދި އިޒުރޭލުން މިފަދަ އަމަލެއް ހިންގައި، ނުކުރާ ކަމަކަށް ހަދައިގެން ނުތިބެވޭނެ ކަމަށް ވެސް ބުންޏެވެ.
ބޮޑުވަޒީރު ނަޖީބު މީގާތީ ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހަށް މި މައްސަލަ ވެއްދުމުގައި ލުބްނާނުން ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ. އަދި މި މައްސަލަ ބެލޭނެ ގޮތްތައް ހޯދައި ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހެޅުމަށްވެސް ބޮޑުވަޒީރު ވަނީ އިރުޝާދު ދެއްވާފައެވެ.
މި މައްސަލައާ މެދު އޮތް ކަންބޮޑުވުން ފާޅުކޮށް ލުބްނާނުން ކުރި ޝަކުވާއަށް ރައްދުދީ އިޒުރޭލުން ބުނީ އދއާ ގުޅުން ހުރި އެއްވެސް ބަޔަކަށް ހަމަލާ ނުދޭ ކަމަށެވެ.