-Advertisement-

-Advertisement-

މިފްކޯގެ ސީއީއޯގެ ސަސްޕެންޝަންގެ މުއްދަތް އިތުރުކޮއްފި

އަހުަމދު ޝަމާހު ރަޝީދު - މިފްކޯގެ ސީއީއޯ

ސަސްޕެންޝަންގައި ހުރި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަންގެ މުއްދަތު މިއަދު އިތުރު ކޮށްފިއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް އޭނާގެ ސަސްޕެންޝަން އިތުރުކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދުވަނީ އޭނާއަށް އަންގާފައިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝިދު ސަސްޕެންޓް ކޮއްފައިވަނީ މި މިހުގެ 18 ވަނަ ދަވަހު އޭނާގެ މައްޗަށް ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށެވެ.

މި 14 ދުވަހަށް އޭނާ ސަސްޕެންޓް ކޮއްފައިވަނީ މުސާރަ ހިނގާ ގޮތަށް، ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވާ ގޮތަށްކަން ފާހަގަކޮއްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-