-Advertisement-

-Advertisement-

ޣައްޒާގައި ކުއްލި ހާލަތުގައި ފަރުވާއަށް ބޭނުންވާ 9000 ބަލި މީހުން އެބަތިބި: ޑަބްލިއުއެޗްއޯ

އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލުތަކަށް ހަމަލާ ދީ ފަރުވާ ހޯދޭނެ ގޮތެ ވަނީ ނެތިފައި --

ޣައްޒާގައި ކުއްލި ހާލަތުގައި ފަރުވާއަށް ބޭނުންވާ 9000 ބަލި މީހުން އެބަތިބިކަމަށް  ދުނިޔޭގެ ސިއްހަތު ޖަމިއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ކެންސަރަށް ފަރުވާކުރާ މީހުންނާއި، ކިޑްނީ ބަލި އަދި އެ ނޫން ވެސް ސީރިއަސް ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން މީގެ ތެރޭ ހިމެނޭ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ޣައްޒާގައި ވެސް މި ވަގުތު މަސައްކަތްކުރާ ހުރީ އެންމެ 10 ހޮސްޕިޓަލް ކަމަށާއި، މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކު ސިއްހީ ފަރުވާއިން މަހުރޫމް ވެފައި ވާކަމަށެވެ.

އެއްގަމު މަގުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޣައްޒާގައި ހުރި ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކަށް ފިލަން ޣައްޒާގެ ގިނަ ބަޔަކު ގޮސް ތިބި ތަންތަނެވެ.

އެއްގަމު މަގުން އެހީ ފޯރުކޮށްދޭން އެތައް ހާސް ލޮރީއެއް ބޯޑަރުގެ ބޭރުގައި މިވަގުތުވެސް އެބައޮތެވެ. ނަމަވެސް އެހީ ފޯރުކޮށްދޭ ލޮރީތަކަށް އިޒުރޭލު ސިފައިން ހަމަލާދޭތީ ޣައްޒާއަށް އެހީފޯރުކޮށްދިނުން ވަނީ ދަތި ކަމަކަށް ވެފައެވެ. އެގޮތުން އިޒުރޭލުން ހުއްދަ ހޯދައިގެން އެހީ ފޯރުކޮށްދޭ މަސައްކަތްކުރާ ލޮރީތަކަށް ވެސް އިޒުރޭލުން ދަނީ ހަމަލާދީ އެހީ ހޯދަން ނުކުންނަ އާންމު ރައްޔިތުންނަށް ވެސް ހަމަލާދެމުންނެވެ.

ގާޒާގެ މުޅި އާބާދީ މިއަދު ވަނީ ބަނޑަށް ޖައްސާފައެވެ. ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ކާނާވެސް ގިނަ އަދަދެއްގެ ބަޔަކަށް ނުލިބޭ އިރު, އެއްގަމު މަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.

ގާޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ކާބޯތަކެތި ބަރުކޮށްފައި ވާ ޓްރަކްތައް ރަފާ ދޮރާށި ދޮށުގައި އޮންނަތާ އެތައް މަހެއް ވެގެން ގޮސްފައި ވީ ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހުއްދަ ނުދޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-