-Advertisement-

-Advertisement-

ދައުލަތުގެ ބައެއް އިސް ވެރިންނާއެކު ސަރުކާރުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް އުސޫލެއް ނެރެފި

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު / ފޮޓޯ: ރައިސްއޮފީސް

ދައުލަތުގެ ބައެއް އިސް ވެރިންނާއެކު ސަރުކާރުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް އުސޫލެއް ފިނޭންސް މިނިސްޓްރީން ނެރެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ‘ދައުލަތުގެ މުވައްޒަފަކާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމާ ބެހޭ އުސޫލު’ ގައި ބަޔާން ކޮށްފައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ ލިބުނު ނަމަވެސް ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅުން އޮތް ފަރާތަކާ އެކު އެއްވެސް ހާލަތެއްގައި ވިޔަފާރީގެ މުއާމަލާތެއް ނުހިންގޭނެއެވެ.

އެ އުސޫލުގައި ބުނާ ގޮތުގައި އެ ފަރާތްތަކާ ގުޅުން އޮންނަ ގޮތަކަށް ސަރުކާރުން ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނީ، މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ކުއްލި ހާލަތެއް ދިމާވެގެންނެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެެތް ހާލަތެއްގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ފަހު ލިޔުމަކުން ހުއްދަ ލިބިގެން ނޫނީ ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.

އެ ނޫން ހާލަތްތަކުގައި ނުވަތަ ދައުލަތުގެ އެހެން މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނީ، އެ މުއާމަލާތެއް ފެށުމުގެ ކުރިން ލިޔުމަކުން ހުއްދަ ލިބިގެން ކަމަށް ވެސް އެ އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން ވިޔަފާރި މުއާމަލާތުގެ ޖުމްލަ އަގު 35،000 ރުފިޔާއާ ހަމައަށް ހުއްދަ ދޭނީ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރަން ލިޔުމަކުން އޭނާ ހުއްދަ ދީފައިވާ ފަރާތަކަށެވެ. 35،000 ރުފިޔާ އާއި 5،000،000 ރުފިޔާއާ ދެމެދުގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ބިޑު ކޮމެޓީނ ކަމަށާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުން ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-