އަންހެނުން ވަރިކޮށްފައި ދެން އެ ވަރިކުރި އަނބިމީހާ މާ ރަނގަޅުގޮތް އެދިގެން ނުވަތަ މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން ކަމަށްވިދާޅުވެ، ރައީސް މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް ކުރީގެ ރައީސް ޔާމިންއަށް ރައްދު ދީފައެވެ.
އަދުރޭ މިހެން ވިދާޅުވީ އެޕްރިލް 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސ. ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުނެވެ.
އަދި އަބުދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ރަނގަޅުވާނެ ގޮތް ހޯއްދަވާނީ ރައީސް މުއިއްޒު ކަމަށާއި ޕާޓީއަށް ދިރުން ގެނެސްދެއްވޭނީވެސްއެމަނިކުފާނު ކަމުގައެވެ.
އަދުރޭ ވިދާޅުވީ އަމިއްލަ މަސަލަހަތުގައި އެހެން އެންމެން ކަތިލާން ވިސްނުމަކީ ގައުމަށް އިޚްލާސްތެރިވުން ނޫންކަމަށާއި، މީކުރިން ޕީޕީއެމް/ޕީއެންސީމަގުމަތިކޮށްލަންވެސް ބަޔަކު މީހުން މަސައްކަތް ކޮށްފައިވާ ކަމުގައެވެ.