މޭޖަރ (ރޓޑ) ތަލްހަތު ހަސަން، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމާ ހަވާލުވެވަޑައިގެންފިއެވެ.
ޠަލްހަތު އެމަގާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އޭނާ އެމަގާމަށް އައްޔަނު ކުރަން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ.
24 އޯގަސްޓް 2022 ގައި ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މަގާމުން ވަކިކުރުމާއި ގުޅިގެން އެ މަގާމު ވަނީ ހުސްވެފައެވެ. ހަލީމް އެ މަގާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ.
ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު، މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ ޖެނުއަރީ 27 2021 ގައެވެ.
މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްގެ މަގާމަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސް މަގާމެވެ.