-Advertisement-

-Advertisement-

ހައުސިން މިނިސްޓަރީއަށް ލަފާދޭ ކޮމިޓީއަށް އިތުރު ތިން ބޭފުޅަކު އައްޔަނު ކޮށްފި

ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހްމަދު

ގޯއްޗާއި ފްލެޓްތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަަތަކުގައި ހައުސިން މިނިސްޓަރަށް ލަފާދޭން އެކުލަވާލައިފައިވާ މިނިވަން ކޮމިޓީއަށް އިތުރު ތިން ބޭފުޅަކު އައްޔަނު ކޮށްފިއެވެ.

ހައުސިން މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މިނިވަން ކޮމިޓީއެއް އެކުލަވާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޮމިޓީގެ ވެރިއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަނީސާ އަހުމަދު އައްޔަނު ކުރުމަށް ފަހުގައެވެ.

ނަމަވެސް ފަހުން ސިއްހީ ހާލަތު ތަންނުދޭތީ އަނީީސާ ކޮމިޓީން އިސްތިއުފާ ދިނުމާ ގުޅިގެން  އެކޮމިޓީއަށް މިހާރު ވަނީ އިތުރު ތިން ބޭފުޅަކު އައްޔަނު ކުރައްވައިފަ އެވެ. އެއީ މައުރޫފް ޖަމީލާއި، ފާތިމަތު ސައީދު އަދި އައިމިނަތު ޝާއިރާ އެވެ.

ހައުސިން މިނިސްޓްރީން މަޢުލޫމާތުދީފައި ވާގޮތުގައި ކޮމިޓީގެ އާ ޗެއާއެއްގެ ގޮތުގައި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް މިހާރު ވަނީ ހަމަޖައްސާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-