-Advertisement-

-Advertisement-

މި މަހުން ފެށިގެން ދައުރު ނިމެންދެން މުސާރަ އުނިކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި

މި މަހުން ފެށިގެން މަޖިލީހުގެ ދައުރު ނިމެންދެން މުސާރަ އުނިކޮށްދިނުމަށް ރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިދިޔަ ހަތަރު އަހަރު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި އަދި ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ރައީސްކަން ކުރެއްވި ނަޝީދު މި ވަގުތު ހުންނެވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް، ގާނާގަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި ނަޝީދު ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނު ފާހަގަ ކުރެއްވީ ސީވީއެފްގެ މަސައްކަތްތައް ރަސްމީކޮށް ފަށައި ހިންގުމަށް ވަގުތުތަކެއް ނަގާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރަސްމީކޮށް، އެ މަސައްކަތް އެ މަނިކުފާނާ ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ އެތައް ކަމެއްކޮށް މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާކަމަށެވެ. އެހެންވެ، އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖެހޭނެކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު މިދައުރުގެ ބާކީ އޮތް ދުވަސްތަކަށް މުސާރަ ނުނެގުމަށް ނިންމާފައިވާއިރު މިއަހަރު ޖަނުއަރީމަހު އެމަނިކުފާނު ވަނީ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-