-Advertisement-

-Advertisement-

އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފި

މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 33 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް 6 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މިއީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުالله ހުށަހެޅުއްވި ބިލެކެވެ. ޖުމުލަ 10 މާއްދާއްގެ މައްޗަށް އެކުލެވޭ މި ބިލަށް ކޮމިޓީން ތިން އިސްލާހެއް ގެނަ އެވެ. ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން ބިލު ދިރާސާކުރިއިރު އޭގައި ހިމެނެނީ ހުސް އެމްޑީޕީ މެމްބަރުންނެވެ. އެއީ ބިލު ދިރާސާކުރަން ހެދި ކޮމިޓީގައި ތިބުމަށް އެހެން ޕާޓީތަކުގެ މެމްބަރުން އުޒުރުވެރިވުމުންނެވެ.

މި ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު 3 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާންކޮށްފައިވަނީ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް” މިހެންނެވެ. އެހެންނަމަވެސް ކޮމިޓީން ބިލު އިސްލާހުކުރިއިރު މިހާރު ބަޔާންކޮށްފައިވަނީ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް” ކަމަށެވެ.

އޭގެ ފަހަތަށް އޮން ތިންވަނަ މާއްދާގެ ރ. ގައި އޮތީ މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވާ މެމްބަރަކު ޕާޓިއަކާ ގުޅިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބެހެއްޓުމާ މެދު ފެންނަ ނުފެންނަ ވޯޓަށް ނެގުމަށެވެ. އެހެން އޮތް މާއްދާއަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައި މެމްބަރަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އަދި, ކޯޓުން މެމްބަރަކާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އީސީން މަޖިލީހަށް އެންގުމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން މެންބަރު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެނޭތޯ، ރިކޯލް ވޯޓު ނެގުމުގެ ބާބެއް މި ބިލު ހުށަހެޅިއިރު ހިމަނާފައިވާއިރު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނި މި ބާބު އުނިކުރުމަށްފަހުއެވެ.

މި ބިލުގައި ވަނީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-