-Advertisement-

-Advertisement-

އެންޓި-ޑިފެކްޝަން ބިލް ލަސްނުކޮށް ތަސްދީގުކުރަން ޖެހޭ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެންޓި-ޑިފެކްޝަން ބިލް ލަސްނުކޮށް ތަސްދީގުކުރަން ރައީސް މުއިއްޒު އަރިހުން އެދިވަޑައިގެންނަވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް ކަމަށާއި، އެންޓި-ޑިފެކްޝަން ބިލް މަޖިލީހުން ފާސްވުމާއި ގުޅިގެން އަވަހަށް ތަސްދީގުކުރުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުން އިންތިހާބުކުރާ މަންދޫބުން އެ އިންތިހާބު ކުރި ޕާޓީގައި ދެމިތިބޭނެކަމުގެ ޔަގީންކަން ލިބި، އަދި ބަދަލުކޮށްފިނަމަ އެރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސްބުނެވޭނެކަމުގެ ޔަގީންކަން ލިބުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެެއް،– ޝާހިދު

މިއަދުގެ ޖަލްސާގައި އެ ބިލް ފާސްކޮށްފައިވަނީ 33 މެންބަރުންގެ ވޯޓާއެކުގައެވެ. އެ ބިލާ ދެކޮޅަށް ހަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގަނެ 7 މެންބަރުންގެ ކޮމިޓީއަކަށް ފޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.

ޕީއެންސީން ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވުމަށް ދެކޮޅު ހެދުމާ ވެސް އެކު، އެ ކޮމިޓީ ފާސްކުރީ އެމްޑީޕީގެ ހަތް މެންބަރަކު ހިމަނައިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-