-Advertisement-

-Advertisement-

އަގުހެޔޮކޮށް އިނގުރާއި ލޮނުމެދު އެސްޓީއޯއިން ވިއްކަން ފަށައިފި

ގަލްފް ފުޑް އެކްސްޕޯގައި އެސްޓިއޯ ސްޓޯލް - ފޮޓޯ: އެސްޓިއޯ

އަގުހެޔޮކޮށް އިނގުރާއި ލޮނުމެދު އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ އިނގުރު ބަސްތާއެއް މިހާރު 273 ރުފިޔާއަށް ލިބޭނެ ކަމަށާއި ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 263 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

އަދި ލޮނުމެދު ބަސްތާއެއް 302 ރުފިޔާއަށް ވިއްކަމުންދާއިރު ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 292 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ބާޒާރުގައި އިނގުރާއި ލޮނުމެދުގެ އަގު ކުޑަކޮށް އުފުލެން ފަށާފައިވަނިކޮށް، އެސްޓީއޯއިން އިނގުރާއި ލޮނުމެދު ރާއްޖެ ގެނެސްފައިވާއިރު އެސްޓީއޯ އިން ބުނީ ރައްޔިތުން ބޭނުންވާ އަސާސީ ތަކެތި ރޯދަ މަހާ ދިމާކޮށް އަގު ބޮޑުވާތީ އެފަދަ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން އަބަދުވެސް އިސްކަން ދޭނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-