-Advertisement-

-Advertisement-

އިސްރާއީލުގެ އުފެއްދުންތަކާއި ފަތުރުވެރިން ރާއްޖެ ގެނައުން މަނާ ކުރާ ގަރާރު ފާސްކޮށްފި

މަޖިލިސް

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއައުންމަނާކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި މި ގަރާރު ފާސްވެފައިވަނީ ހާޒިރުވެތިއްބެވި 41 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރުގައި އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އެ ގައުމުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއްއެތެރެކުރުން މަނާ ކުރުމުގެ އިތުރުން  އިސްރާއީލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުންމެދުކަނޑާލުމަށް ވަނީ ގޮވާލާފައެވެ.

މިފަދަ ގަރާރެއް މަޖިލީހުން ފާސްކޮށްފައިމިވަނީ އެކަމަށް ދިވެހީންގެ ގިނަ ބަޔަކު ގޮވާލަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-