-Advertisement-

-Advertisement-

ފުވައްމުލަކުގައި އެކްސިޑެންޓުވެ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެއްސި

ފުވައްމުލަށް --

ފުވައްމުލަކުގައި އެކްސިޑެންޓުވެ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެއްސިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު ދޫނޑިގަން އަވަށުގައި ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށް ކަމަށާއި، ފުވައްމުލަކު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، ރޭ ފަތިހު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-