-Advertisement-

-Advertisement-

މިސްކިތެއްގަައި ދަމުނަމާދު ކުރަން ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

މިސްކިތެއްގައި ނަމާދުކުރަނީ --

މިސްކިތެއްގަައި ދަމުނަމާދު ކުރަން ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް ރޭ ދަންވަރު މިމައްސަލަ ރިޕޯޓްކުރުމާ އެކު ހެނދުނު 7:00 ޖަހަނިކޮށް އުމުރުން 36 އަހަރު ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.

ފޯނާއި ދަބަސް ވަގަށް ނަގާފައިވަނީ އަލިކިލެގެފާނު މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި އަންހެން މީހާ ދަމުނަމާދަށް ހުއްޓައެވެ.

މާލެ ސިޓީ ކައުންސިލުން މީގެކުރިން ބުނި ގޮތުގައި މިސްކިތްތަކުން ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާ، ސައުންޑް ސިސްޓަމް ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނަގައިގެން އެތައް މައްސަލައެއް މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މި ރޯދަ މަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން 110 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބަކުން ވަނީ ދައްކާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-