-Advertisement-

-Advertisement-

‎މަޝްރޫއުތައް ހުއްޓާލި ވާހަކަ ދޮގުކޮށް ރައީސް ވިދާޅުވީ 500 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށްދާ ކަމަށް

ރޭ ހުޅުމާލެ ފޭސް 2 ގައި އޮތް ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލި ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހަދަމުން ގެންދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައްހިމެނޭ ގޮތަށް މިހާރުވެސް 500 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ

މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ  ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި މިރޭ ބޭއްވި ޖަލްސާގައިވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ބުނެ ވާހަކަދައްކާއިރު، އެ މަނިކުފާނު ވެރިކަމާހަވާލުވެވަޑައިގަތުމުގެ މާކުރިންވެސްއެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާއި، އެ މަޝްރޫއުތައް ހުއްޓިފައި ހުރީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ފެނާއި ނަރުދަމާގެ 27 މަޝްރޫއެއްހުއްޓިފައި ހުރި ކަމަށާއި އެ ފައިސާދީ ނިންމައި، އަލުން އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ހުއްޓިފައި އޮތް މަގު ހެދުމުގެ 17 މަޝްރޫއެއް ފަށާފައިވާއިރު ހުއްޓިފައި އޮތް ދަނޑު ހެދުމުގެ 84 މަޝްރޫއެއްގެ ތެރެއިން46 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މިސްކިތް ހެދުމުގެ 20 މަޝްރޫއެއް ހުއްޓިފައި އޮތްއިރު، އެ މަޝްރޫއުތަކާއެކު 42 މިސްކިތް ހެދުމުގެ މަޝްރޫއުއެއް މި ސަރުކާރުން ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-