-Advertisement-

-Advertisement-

ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވާލަނީ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން. ފޮޓޯ: ވޮއިސް އެމްވީ

ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމަތުކުރުމަށްފަހު އަންނަ އީދަށް ހުޅުވާލާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްމިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެބޭފުޅާ ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ، ވީރާނާ ވަމުންދިޔަ ފެންއަރުވާ ވަޑާން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށްމަރާމާތުކޮށް، ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރިތަނެކެވެ.

ނަމަވެސް އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަން އެއްކޮށްހެން ވީރާނާވެ މިހާތަނަށް އެތަން އޮތީ ބޭނުން ނުކުރެވޭ ހާލަތުގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-