-Advertisement-

-Advertisement-

ފޭސް 3ކުން ބިން ހިއްކާ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ފޭސް 3 ގެ ޗާޓެއް/ ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް 3 ގައި ހުރި އުޅަނދުތަކެއް ނަގަން އެޗްޑީސީއިން އަންގައިފިއެވެ.

އެޗްޑީސީ އިން މިފަހަރު އަންގާފައިވަނީ ބިން ހިއްކަމުންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށެވެ. އަދި އެޗްޑީސީ އިން އެކުލަވާލެވިފައިވާ ޗާޓުގައި ފެހިކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12 ޖެހުމުގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ.

އެޗްޑީސީއިން ބުނީ އެގޮތުން ނެގޭ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ އެ ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-