-Advertisement-

-Advertisement-

ތިން ދުވަހުން 16 ކިލޯގެ ޑްރަގު އަތުލައިގެންފި

ހޯމް މިނިސްޓަރު އަލީ އިހްސާން /ފޮޓޯ: މިހާރު

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތިއަތުލައިގަނެފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔައޮޕަރޭޝަންތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މަގުމަތީގެ އަގުން ބަލާނަމަ 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެކަމާ ބެހޭ ތަފްސީލް މިނިސްޓަރުހިއްސާއެއް ނުކުރައްވަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-