-Advertisement-

-Advertisement-

‎ރައީސް އެދިވަޑައިގަތީ ހިތްހަމަނުޖެހުނަސް އެމްޑީޕީ އަށް ތާއީދު ނުކުރަން

ރައްޔިތުންގެ މަޖިލިސްގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: ޕީޕީއެމް ފޭސްބުކް ޕޭޖް

މި މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމުމުން،އަމިއްލަ މަސްލަހަތު އިސްކޮށް، އެ ދާއިރާތަކަށް ޕީއެންސީގެ އެހެން ބައެއް މެމްބަރުން ނުކުތުމާއި އެމްޑީޕީ މެމްބަރުންނަށް ތާއީދުކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ލ. ގަމު ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް މުއިއްޒު އިއްޔެރޭ ވަނީ އި ޕީޕީއެމް/ ޕީއެންސީގެ ބައެއް މެމްބަރުން އިދިކޮޅު އެމްޑީޕީއާ ބައިއަތު ހިފައި، ދާއިރާގެ ގޮނޑި ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެނުރުހުން ފާޅުކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީން ވަކި ގޮތަކަށް ނިމުމުން ނުވަތަ ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ވެސް އަމިއްލަ މަސްލަހަތު އިސްކޮށް، ބައެއްމީހުން އިންތިހާބަށް ވާދަކުރާ ކަމަށެވެ.

އެގޮތަށް މެމްބަރުން ކަންތައް ކުރުމުގެ ސަބަބުން ފަސޭހަ ކަމާ އެކު، ކާމިޔާބު ކުރެވޭނެ ގޮނޑިތައް ވެސް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި އޮއްވައި، ޕީޕީއެމް/ޕީއެންސީގެ އެހެން މެމްބަރަކު އެ ދާއިރާ އަށް ވާދަކުރާނަމަ ވޯޓުތައް ބައިބައިވެ، އެ ގޮނޑިތައް އެމްޑީޕީ ނުވަތަ އެހެން ޕާޓީއަކަށް ކާމިޔާބުވާނެ އެވެ.

ވަކި ދާއިރާއެއް ފާހަގަނުކުރައްވައި ރައީސް އެގޮތަށް ވިދާޅުވިއިރު، ބައެއް ދާއިރާތަކުގައި މައްސަލަ ބޮޑުވެފައި ވަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރިކެންޑިޑޭޓުން ތިއްބައި، އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރަން ޕީޕީއެމް/ޕީއެންސީ އިން ނިންމުމުންނެވެ.

ރައީސް މުއިއްޒު ވަރަށް ފަހުން ވިދާޅުވެފައި ވަނީ އިންތިހާބާ ދެމެދު ބާކީ މި އޮތް ދުވަސްތަކުގައި އެ މައްސަލަތައް ހައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.

ކުރިން ހެންވޭރު މެދު ދާއިރާއަށް ހަސަން ޝިޔާމް (ވީބީ ހަސަން) ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ފަހު، އޭނާގެ ކެންޑިޑެސީ އެ ޕާޓީން ބާތިލުކުރުމުންފަހުން އަމިއްލަ ގޮތުން ވާދަކުރި އެވެ. އެކަމަކު ސްޕްރީމް ކޯޓުން އޭނާގެ ކެންޑިޑެސީ ބާތިލުކުރުމުން މިހާރު ތާއީދު ކުރަން ނިންމާފައި ވަނީ އެ ދާއިރާ އަށްއެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލް) އަށެވެ.

އަދި ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިބްރާހިމް ސަނާހު (ސަންޓޯ) ނަމަވެސް ސަރުކާރުގެ އިސްވެރިން ގެންދަވަނީ އެ ދާއިރާ މިހާރު ވެސްތަމްސީލުކުރައްވާ އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ކެމްޕެއިން ކުރަމުންނެވެ. ދެތިން ދާއިރާއެއްގައި މިކަން ވަނީ ބޮޑުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-