-Advertisement-

-Advertisement-

ފަތުރުވެރިޔާ އަތުން ވަގަށްނެގި ތަކެތި ހޯދައިފި

ފުވައްމުލަކު ސިޓީ ގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލުގެ ފަތުރުވެރިއެއްގެ އަތުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުންގެ އިދާރާއިންބުނެފިއެވެ.

މިކަމާއި ގުޅިގެން  ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމުން ދެ މީހަކަށް ތުހުމަތު ކުރެވި އެ ދެމީހުންހައްޔަރުކުރިކަމަށެވެ.

އަދި ފަތުރުވެރިޔާ އަތުން ވަގަށް ނެގި ތަކެތި އެ ދެ މީހުން އަތުން ހޯދާފައިވާކަމަށް ޝިފާންވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިޔާ މީގެކުރިން ކިޔައިދިން ގޮތުން އެކަމެއް ހިނގާފައި ވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައެވެ.

މީގެ އިތުރުން ފަތުރުވެރިޔާ ބުނީ ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެކުދިން އޭނާ ގާތުގައި އެއާއި ބެހޭ ގޮތުން ސުވާލުކުރިކަމަށާއި، އޭގެ ފަހުން މޫދަށް އެރި އުޅެނިކޮށް ސައިކަލުގައި އައި ބަޔަކު އޭނާގެ ދަބަހާއި ޑްރޯން ގެންދިޔަ އީއެވެ.

ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓުކާޑުތަކެއް އޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-