-Advertisement-

-Advertisement-

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކުރުމުގެ ވަޒީފާއަށް 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

މިސްކިތް ސާފު ކުރަނީ --

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކުރުމުގެ ވަޒީފާއަށް 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިސްކިތްތައް ސާފުކުރަން ދިވެހިން ހޯދަން އެންމެ ފުރަތަމަ ފެބްރުއަރީ މަހު އިއުލާނު ކުރުމުން  އެޕްލިކޭޝަން ހުށަހެޅީ އެންމެ 14 މީހުންކަމަށެވެ. ނަމަވެސް މިފަހަރު 200 އަށް ވުރެ ގިނަ މީހުން އެ ވަޒީފާ އަށް ކުރިމަތިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ މިސްކިތްތައް ސާފުކުރުން ފަހުން ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ 110 މީހުންނެވެ.

މިސްކިތް ސާފުކުރަން އިއުލާން ކުރުމުން 230 ވަރަކަށް މީހުން އެޕްލައި ކުރި. މިހާރު ކުރިއަށް ގެންދަނީ އެ މީހުންގެ އިންޓަވިއުތައް ކުރުމުގެ މަސައްކަތް،– މީޑިއާ އޮފިޝަލް، އާމިނަތު ޝަތުފާ

މާލޭގެ މިސްކިތްތައް ކުރިން ސާފުކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމި އެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިހާރު ގިނައީ ބިދޭސީންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-