-Advertisement-

-Advertisement-

ބީއެމްއެލްގެ ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ހުށަހަޅަނީ

ބީއެމްއެލް އިން ހިދުމަތް ދޭ މަރުކަޒެއް

ބީއެމްއެލްގެ ސާފު ފައިދާއަށް ދެ ބިލިއަން ރުފިޔާ ލިބި، ހިއްސާގެ ފައިދާ އަށް މިހާތަނަށް ދޭ އެންމެ ބޮޑު އަދަދު އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއާ އެކު ހިއްސާ އަކަށް ބަހަން ކަނޑައެޅި 50 ރުފިޔާއަކީ މިހާތަނަށް އެ ބޭންކުން ހިއްސާ ދާރުންނަށް ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށާއި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅާނެ ކަމަށް ބޭންކުން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކާ ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ ފަސް ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ. އެއާ އެކު މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަަދަދު 19 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އަދި ޑިޕޮސިޓްކޮށްފައިވާ އަދަދު 31 ބިލިއަން ރުފިޔާއަށް އަރައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-