-Advertisement-

-Advertisement-

އެއާ އެމްބިއުލާންސް އިން މިހާތަނަށް 66 ދަތުރު ކޮއްފައި

އެއާ އެމްބިއުލާންސް – ފޮޓޯ: ކޫއްޑޫ އެއާރޕޯޓް

ފާއިތުވި އެއް މަސް ތެރޭގައި އެއާ އެމްބިއުލާންސް އިން 60 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް އެއާ އެމްބިއުލާންސް ތައާރަފުކޮށް ސިއްހީ ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ ހިދުމަތް ފެށާފައިވަނީ މާރޗް މަހުގެ 8 ވަނަ ދަވަހުގައިއެވެ.

ސިއްހީ ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓަކާއި ޑީއެޗްސީ-6 ގެ ޓްވިން އޮޓާ ސީޕްލޭނެއް ބޭނުން ކުރެއެވެ.

މޯލްޑިވިއަންއިން އޮޕަރޭޓްކުރަމުން އަންނަ މި ހިދުމަތުގެ ތެރެއިން މި ފުރަތަމަ މަސް ތެރޭގައި 66 މެޑިކަލް އިވަކުއޭޝަން ކޮއްފައިވާކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

މީގެ ކުރިން ކުއްލި ހާލަތުގައި ބަލި މީހުން އަތޮޅުތެރެއިން މާލެއަށް އުފުލުމަށް ބޭނުންކުރަމުންދިޔައީ އާންމު ދަތުރުތަކަށް ވެސް ބޭނުންކުރާ މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކެވެ. އެކަމުގެ ސަބަބުން ބަލި މީހުން މާލެ ނުގެނެވި ލަސްވުން ފަދަ ގިނަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-