-Advertisement-

-Advertisement-

ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލައިފި

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ޓްރާންސްޮޭރެންސީ އިން ގޮވާލައިފި --

ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ކުރަމުންދާ ކެމްޕެއިން ހަރަކާތްތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި އާ މަޝްރޫއުތައް އިއުލާން ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ ވައުދުތަކާއި އަހުދުތައް ވެގެން އިންތިހާބަށް ނުފޫޒު ފޯރުވުން އާދައަކަށް ހަދައި މިނިވަން ވޯޓަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، އިންތިހާބުގެ ޑިމޮކްރެޓިކް ވާދަވެރިކަން ނިގުޅައިގަތުމާއި، ވެރިކަން ކުރާ ފަރާތަށް ހަމަހަމަ ކަމުގެ ފުރުސަތު އޮޅުވާލަމުންދާ ތަން ފެނަމުންދާ ކަމަށް އެ ޖަމިއްޔާ ބުނެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ރަސްމީ މުއްދަތު މާޗް 21 ވަނަ ދުވަހުން ފަށާފައިވާ އިރު، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް، ވަކިން ހާއްސަކޮށް ކެމްޕެއިން ދަތުރުތަކުގައި، މިފަދަ ކަންކަން އިއުލާނު ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ހަމައެއާއެކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެޖަމިއްޔާ އިން ހާމަ ކުރި ކަންބޮޑުވުމެއް ކަމަށް ވާ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ތާއީދު ހޯދަން ކުރާ މަސައްކަތް އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ހަމަހަމަ އިންތިހާބީ މައިދާނެއް ގާއިމު ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީސް ފަދަ ކަމާބެހޭ އިދާރާތައް ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދައުލަތުގެ ވެރިން ޖަވާބުދާރީ ކުރުވުމުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-