-Advertisement-

-Advertisement-

ޔާމީން މިނިވަން ނުކޮށްފި ނަމަ، މުޒާހަރާކުރަން ފަށާނެ ކަމަށް ޕީއެންއެފް އިން ބުނެފި

ޕީއެންއެފް އިން ބޭއްވެ ޖަލްސާއެއްގެ ތެރެއިން --

ޔާމީން މިނިވަން ނުކޮށްފި ނަމަ، މުޒާހަރާކުރަން ފަށާނެ ކަމަށް ޕީއެންއެފް އިން ބުނެފިއެވެ.

ޕީއެންއެފް އިން ބުނީ (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިނިވަން ނުކޮށްފި ނަމަ މުޒާހަރާކުރަން ފަށާނެ ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލް، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ވިދާޅުވީ ރާއްޖޭގައި ތިން ހަތަރު އިންތިހާބެއް ބޭއްވިގެން ދިޔަ އިރު، ޔާމީނަށް އެއިން އެއްވެސް އިންތިހާބެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުލިބި ބަންދުގައި ހުރުމަކީ ކަޅު އަކުރުން ރާއްޖޭގެ ތާރީހުގައި ލިޔާނެ ކަމެއް ކަމަށެވެ.

މަލީހު ވިދާޅުވީ ޖުޑިޝަރީއަށް ގޮވާލަން ބޭނުންވަނީ ލަސްނުކޮށް ޔާމީންގެ ޝަރީއަތް ތާވަލުކޮށްދިނުމަށް ކަމަށެވެ. ސަރުކާރުން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ނަމަ، އެ ނުފޫޒަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށް މަލީހު ވިދާޅުވިއެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ޔާމީނަށް ނިސްބަތްކުރައްވައި އަނިޔާވެރި ބަސްތައް ވިދާޅުވަމުން ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށް މަލީހު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-