-Advertisement-

-Advertisement-

ކުނިކަހަން އިން އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި ބަޔަކު ހޯދަނީ

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

މާލޭގެ މަގެއްގައި ކުނިކަހަން އިން އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި ބަޔަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ 23:17 އެހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު ސައިކަލު މަތީގައި ތިބި ދެ މީހުން މަޑުނުކޮށް ފިލާފައިވާ ކަމަށާއި، ސައިކަލާ އެކު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-