-Advertisement-

-Advertisement-

އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ރާއްޖެއާއެކު ހިނާރުވެފައިވާ ގުޅުން ރަނގަޅުކުރަން ހިމަނައިފި

ރާހުލް ގާންދީ (2023) – ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ރާއްޖެއާއެކު ހިނާރުވެފައިވާ ގުޅުން ރަނގަޅުކުރަން ހިމަނައިފިއެވެ.

މެނިފެސްޓޯގައިވާ ގޮތުން ރާއްޖޭގެ އިތުރުން، ބަންގުލަދޭޝް އަދި ސްރީ ލަންކާއެކު އިގުތިސޯދީ ގުޅުން ރަނގަޅުކުރުމަށް ކޮންގްރެސް ޕާޓީގެ ވެރިކަމެއްގައި މަސައްކަތްކުރާނެއެވެ. އަދި މިޔަންމާގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށާއި، ނޭޕާލާއި ބޫޓާނަށް އިސްކަން ދޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ކޮންގްރެސް ޕާޓީ އިން ބުނީ އެ  ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ، އިންޑިއާއާ އެންމެ އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށެވެ.

އިންޑިއާ ދެމެދު މައްސަލަ ޖެހިފައިވަނީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް ‘ބޭއަދަބީ ބަހުން’ ވާހަކަދެއްކުމާ ގުޅިގެންނެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް އެއްވެސް ގައުމަކަށް ރާއްޖެއަށް ބުލީ ކުރުމުގެ ލައިސަންސެއް ނޯންނާނެ ކަމަށެވެ. އެއީ ނުސީދާ ގޮތެއްގައި އިންޑިއާއަށް އަމާޒުކުރެއްވި ބަހުގެ ހަމަލާތަކެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-