-Advertisement-

-Advertisement-

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އއ ރަސްދޫ - ކުޑަ ކުއްޖާއަށް ބުލީ ކުރި މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން

ކުޑަ ފިރިހެން ކުއްޖަކު ފާހާނައަކަށް ވައްދާ ބުލީކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަ ގޮތުގައި، މިސްކިތެއްގެ ފާހާނާ ތެރޭގައި ހުރި އެ ކުއްޖާއަށް ހަތަރު ވަރަކަށް ކުދިންގެ ގްރޫޕަކުން ވަނީ ހަމަލާދީ އަނިޔާކޮށްފައެވެ. ނަމަވެސް އެ ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާ ގުޅިގެންކަން ސާފެއް ނުވެއެވެ. މި ހާދިސާ ހިނގާފައި ވަނީ އއ. ރަސްދޫ ގައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެކަން ކުރިކަމަށް ޔަގީންކުރެވެނީ އއ. ރަސްދޫގައި ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިއާއެކު ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާ ކަމަށާއި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އަދި މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ފުލުހުން ވަނީ އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މަންޒަރުތަކަކަށްވުމާއެކު އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-